ބާސެލޯ ނަސަންދުރަ ރަސްމީކޮށް ހުޅުވައިފި

މާލޭގެ ފުރަތަމަ ފަސްތަރީގެ ހޮޓެލް ކަމުގައިވާ ބާސެލޯސް ނަސަންދުރާ އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. މި ހޮޓަލަކީ ސްޕެއިންގެ ބާސެލޯ ގްރޫޕުން 16 ބުރިއަށް ތަރައްޤީކޮށްފައިވާ، ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ހުޅުވާލެވުނު ހޮޓަލެކެވެ.

ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ރާއްޖެއަށް ކަނޑައަޅާފައިވާ ބައެއް ޤައުމުތަކުގެ ސަފީރުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ތާރިޤު އިބްރާހީމް ވިދާޅުވީ، ނަސަންދުރަ ހޮޓަލަކީ މާލެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނައި ތާރީޚީ ތަނެއްކަމަށާއި ބާސެލޯ ގްރޫޕުން ތަރައްޤީކޮށްފައިވާ މި ހޮޓަލަކީ އެ ތާރީޚު ދަމަހައްޓާނެ ތަނަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

އަދި އެ ހޮޓަލަކީ މާލެ ސަރަހައްދުގައި މަތީ ފެންވަރުގެ ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވިގެންދާ ދޮރެއްކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެތަނުގައި ޤާއިމުކުރެވިފައިވާ ކޮންފަރެންސް ވަސީލަތްތަކުގެ ސަބަބުން މައިސް ޓުއަރިޒަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކުރިން ރާއްޖޭގެ އެންމެ މަޝްހޫރު ހޮޓާ ހުރި ނަސަންދުރަ ޕެލަސް ހުރި ބިމުގައި ބިނާކުރި މި ހޮޓަލުގައި، ހަތަރު ތަރީގެ 150 ކޮޓަރީގެ އިތުރުން މަތީ ފަންތީގެ 100 އެޕާޓްމަންޓް ވެސް ހުންނައިރު މި ހޮޓަލުގެ ރޫފްޓޮޕްގައި ސުވިމިން ޕޫލް ފަދަ ވަސީލަތްތަކާއެކު ހުޅުވިއިރު، އެ ކުންފުނިން ރާއްޖޭގައި ރިސޯޓްތައްވެސް ހިންގައެވެ.

ބާސެލޯ ގްރޫޕުގެ ވިޔަފާރި ފެށިފައިވަނީ 1931 ވަނަ އަހަރުކަމަށްވާއިރު، އެންމެ ފުރަތަމަ މި ކުންފުނީގެ ޓޫރިޒަމް ވިޔަފާރިއެއް ފެށީ ސިމޯރނޭ ބަޒްލޯ އެވެ. މިއަދު ބާސެލޯ ގްރޫޕަކީ 22 ގައުމެއްގައި 245 އަށް ވުރެ ގިނަ ހޮޓަލު ހިންގާ ގްރޫޕަކަށްވާއިރު، ބާސެލޯ ހޮޓެލް ގްރޫޕުން އޭޝިއާގައި މިހާރު އިންޑޮނޭޝިއާ، ތައިލެންޑް، ރާއްޖެ، ޔޫއޭއީ، އަދި އޮމާން ފަދަ ހަ ގައުމެއްގެ ޕްރޮޕަޓީތައް މެނޭޖްކުރެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް