ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މިއަހަރުގެ "އެމްއެންޔޫ ފަހި ފުރުޞަތު 2025" ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް އެމްއެންޔޫއިން ބާއްވާ މި ޖޮބް ފެސްޓިވަލް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، މި މެއި މަހުގެ 22 އަދި 23 ވަނަ ދުވަހު، އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައެވެ.
މި ފެސްޓިވަލްގެ އެގްޒިބިޓަރސްގެ ގޮތުގައި، މޯލްޑިވިސް ޕެންޝަން އޮފިސް،މިފްކޯ، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވާރޮމަންޓް،އެސްޓީއޯ، ކޭޕީއެމްޖީ، މޯލްޑިވިސް އިންލޭން ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިތުރުން ވެސް އެހެން އެގްޒިބިޓަރސް ދަނީ ބައިވެރިވަމުންނެވެ.
މިއީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާއި ބައްދަލުކޮށް، އެ ޒުވާނެއްގެ ހުނަރާއި ޤާބިލްކަމާއި އެކަށީގެންވާ ވަޒީފާ ހޯދުމުގެ އިތުރުން ތަމްރީނު ހާޞިލުކުރުމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ފުރުޞަތުތަކަށް މަގުފަހިވެގެންދާ ފެސްޓިވަލެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް