މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އައު އެޕްލިކޭޝަން ގިނަ ފީޗަރ ތަކާއެކު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިފްތިތާހު ކުރަން ތައްޔާރުވެއްޖެކަމަށް އެމްޑަބްލިޔުއެސްސީ ގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވެއްޖެއެވެ.
މަތީން މިހެން ވިދާޅުވީ، ޕީއެސްއެމް ނޫހުން ކުރިއަށްގެންދިޔަ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، އެ ކުންފުނީގެ މި އައު އެޕްލިކޭޝަނާއެކު ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އެ ކުންފުނި ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށް މަތީން ފާހަގަކުރެއްވިއެވެ.
އަދި މިހާރު ސްމާރޓް މީޓަރ 10،000 ފަރާތަކަށް ހަރުކޮށްދީފައިވާ ކަމަށާއި މީގެތެރެއިން 7000 މީޓަރު ބޭނުންކުރަމުން އަންނަކަމަށާއި، ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ކުންފުނިން އެންމެ އަވަހަށް ކުރާނެ ކަމަކީ އެ ކުންފުނިން ގެންގުޅޭ އެޕް ބަދަލުތަކަކާއެކު އިފްތިތާހްކުރުން ކަމަށް މަތީން ވިދާޅުވިއެވެ. މިއެޕްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަށްއޮތް ދެ ހަފްތާ ތެރޭގައި އިފްތިތާހްކުރެވޭނެ ކަމަށްވެސް މަތީން ވިދާޅުވިއެވެ.
”ފެންވެސް ކުރިއަށް އޮތްތަނުގައި ބިލް ޕޭކުރުމާއި އެކީގައި ހަމަ ރިކަނެކްޓް ވެވޭވަރަށް އަޅުގަނޑުމެން ތަރައްޤީކުރާނަން. އެ މަސައްކަތް ފެށިފައި ހުރީ. މިދެންނެވި 10،000 ކަސްޓަމަރުންނަށް މިހާރު ހުރީ ސްމާރޓް މީޓަރ ހަރުކޮށްފައި. ސްމާރޓް މީޓަރުގެ އެފަންގްޝަންތައް އަޅުގަނޑުމެން ބޭނުންކުރަން ފަށާނަން މިދެންނެވި އައު އެޕް ލޯންޗްކުރުމާއި އެކީގައި. އެޕް ލޯންޗްކުރުން ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ކުރިއަށްގެންދާނަން.“ މަތީން ވިދާޅުވިއެވެ.
މީގެއިތުރުން މަތީން ވިދާޅުވީ މިހާރު އަންނަ ޝަކުވާއަކީ ބިލްތައް ވަކިވަކިން ދައްކަންޖެހޭ މައްސަލަކަމަށެވެ. އައު އެޕާއިއެކު ކަސްޓަމަރުންނަށް ގިނަ ބިލްތައް އެއްފަހަރާ ދައްކާލެވި ވަގުތު ސަލާމަތްވާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް