ދިވެހިރާއްޖޭގެ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުކަމުގައިވާ، އާރު.ޓީ.އެލް ފެރީޕްރޮޖެކްޓަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމަވައި، މިކަމާ ގުޅޭ އެމް.އޯ.ޔޫ ގައި މިއަދު ސޮއިކޮށްފައެވެ.
އިންޑިއާ ސަރުކާރުގެ "ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓްޕްރޮޖެކްޓްސް" ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. ޢަބްދުﷲ ޚަލީލާއި،މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނެވެ. އިންޑިއާސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހިސްއެކްސެލެންސީ ބާލަ ސްބަރަމާނިއަމް އެވެ.
މި އެހީގެ ފައިސާ ބޭނުންކުރެވޭނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ކަނޑު ދަތުރުފަތުރުން ގުޅުވާލުމަށްޤާއިމުކުރެވޭ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢަށެވެ. މި މަޝްރޫޢުގެސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ،ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަބްދުﷲ ޚަލީލްވިދާޅުވީ، މި އެހީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ރާއްޖޭގެތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
13 MoUs signed under the HICDP Phase III b/w Maldives and India, supported by generous grant assistance of MVR 100 million. These will enhance Ferry services, for an equitable development across Maldives. A testament to the growing partnership b/w
&
@MEAIndia@HCIMaldives pic.twitter.com/ncZ1XzzZ4j
— Ministry of Foreign Affairs
(@MoFAmv) May 18, 2025
އިންޑިއާގެ ސަފީރު ބާލަ ސްބަރަމާނިއަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަކީއިންޑިއާގެ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމުކުރެވި، އަދި ރަނގަޅު ފެންވަރުގެ އުޅަނދުފަހަރު ގަނެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞައަހައްމިއްޔަތުކަމެއް ދެއްވާ ޤައުމީ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން،ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އެއް ރަށުންއަނެއް ރަށަށް ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް