ދިވެހީންގެ ޤަދީމީ ދިރިއުޅުމާއި މިދިރިއުޅުމާއި ހަގީގަތުގަ ވަރަށް ބޮޑަށް ތަފާތުކަމަށާއި މިތަފާތު ތެރޭގައި އަޅުގަނޑުމެންނަށް އައި ބަދަލުތައް ހަނދާނަށް ގެނައުން ވަރަށް މުހިންމު ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "ސްޓޯރީ ފޮޓޯ ވޯކް" ގެ ނަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމުކުރި ފޮޓޯ މައުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
We are excited to officially unveil the Hulhumalé Story Photo Walk exhibition at Fithuroanu Park! Take a visual journey through the stories and moments that shaped this island, set against nature for an immersive experience.#HulhumaléStoryPhotoWalk #MyHulhumaléFestival pic.twitter.com/KbcMaoRiss
— Housing Development Corporation (@hdcmaldives) May 14, 2025
އެގޮތުން، މީގެ 21 އަހަރުކުރިން ހުޅުމާލެ ތަރައްޤީވަމުންއައީ ދިވެހީންގެ ދިރިއުޅުމާއި އަޅާބަލާއިރު ވަރަށް ތަފާތުކޮށް ކަމަށާއި ހުޅުމާލެއިން މިއަދު ފެންނަން ހުރި މަންޒަރުތަކަކީ، އޭގައި ވަރަށް ގިނަ ވާހަކަތަކާއި، ތާރީޚުތައް ހިމެނޭ މަންޒަރުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަންޒަރުތަކުންވެސް ދިވެހީންގެ ފަހުގެ ތާރީޚުގެ ދިރިއުޅުމުގެ ބޮޑު ވާހަކައެއް ބުނެދޭކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހުޅުމާލޭގަ މިވާ ތަރައްޤީއަކީ އިޤްތިސާދީ އެތައް މަޤްސަދުތަކަކާ ގުޅިފައޮތް ތަފާތު ތަރައްޤީއެއް. ދިރިއުޅުމުގެ ތަފާތު ގޮތްތަކެއް، ދިވެހީންގެ ޤަދީމީ ދިރިއުޅުމާއި މިދިރިއުޅުމާއި ހަގީގަތުގަ ވަރަށް ބޮޑަށް ތަފާތު. މިތަފާތު ތެރޭގަ އަޅުގަނޑުމެން ހޭދަކުރި ދުވަސްތަކުގެ ތެރޭގަ އަޅުގަނޑުމެންގެ ދިރިއުޅުމަށް އައި ބަދަލާއި އަޅުގަނޑުމެންގެތެރޭގަ ހުރި އެއްބަޔެއްގެ ގޮތުގައި ދެމިތިބުމަށް އަޅުގަނޑުމެން ދަމަހައްޓަމުން އައި ގޮތްތައް މިހާރުވެސް ހިފަހައްޓަމުން އަންނަ އައުން އެއީ އަޅުގަނޑުހިތުން މިއަދު ހަނދާނަށް ގެނައުން ވަރަށް މުހިންމު ކަމެއް". ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ފިތުރޯނު ޕާކުގައި އިއްޔެ ހަވީރު ބޭއްވި ޚާއްސަ ފޮޓޯ މައުރަޒުގައި، ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް