މާލެ ސިޓީ ކައުންސިލުން، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި، ގަލޮޅުގައި ސައިކަލް ޕާކިން ޒޯނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެގޮތުން، މި ޕާކިން ޒޯން ތަރައްޤީކުރަމުންދަނީ، ގަލޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރަމުންދާ މައިޒާނާ އިންވެގެން އޮންނަ، ހުސްބިމުގައިކަމަށާއި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާކުކުރެވޭނެ ޖާގައެއް ހޯދައިދިނުމަށްކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަދި މި ޕާކިން ޒޯން ތަރައްޤީކުރުމުން، ކާރުބާރު ބޮޑު ބޮޑރަސްގެފާނު މަގުގެ ޓްރެފިކަށް ލުޔެއް ލިބިގެންދާނެކަމަށްވެސް މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ގަލޮޅު، ބޮޑުރަސްގެ ފާނު މަގުގައި ސައިކަލް ޕާކުކުރުމުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން، މަގު ތޮއްޖެހި، އެ މަގުން ދަތުރުކުރާ ފާރާތްތަކާއި ހިނގާ ބިގާވެ އުޅޭ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހި ޓްރެފިކް ބޮލްކޮ ވުމަށް މެދުވެރި ވެއެވެ. ބޮޑު ރަސްގެފާނު މަގުގައި، ކައުންސިލުން ތަރައްޤީކުރާ މައިޒާނާއި ސައިކަލް ޕާކިން ޒޯންގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ޕާކިން ޒޯން ނިމުމާއެކު، އިތުރުވެގެންދާ ޕަރކިން ސްލޮޓް ތަކުން މި ސަރަހައްދުގެ ކަންމަތި ތަކުގައި ޕަރކް ކުރާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ދެކޭ ކަމުގައެވެ.
އަދި މި ކަމުގެ ސަބަބުން، އެ މަގުގެ ޓްރެފިކަށް ލުޔެއްލިބި ދުއްވަން ފަސޭހަވާނެ ކަމަށް ވެސް މޭޔަޔ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން ގަލޮޅު ސަހަރާ ހިމެނޭ ކޮށިން އެއް މީޓަރ މަގަށް އިތުރު ކުރެވި، މަގު ފުޅާ ކުރެވިގެން ދާނެ ކަމުގައި ވެސް މޭޔަރ ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މި މަޝްރޫޢަކީ މާލެ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ކަމަށާއި، މި ކަމުގެ ސަބަބުން ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި މި މަސައްކަތް ވީހާ އަވަހަށް ނިންމުމަށް ކައުންސިލުން މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށް، މި ގޮތަށް އޮންނަ މަގުތައް ފުޅާކުރުމުގެ މަސައްކަތް، މާލެ ސިޓީގެ މޭޔަރ ޢާޒިމްގެ އިސްނެންގެވުމުގެ މަތިން، އަބަދު ވެސް ދަނީ ކުރަމުންނެވެ. މި ގޮތުން މާލޭގެ އުތުރު ފަރާތު، މަސްވެރިންގެ ޕާކުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލް ސަރަހައްދުގެ މަގު ވެސް ވަނީ ފުޅާކުރައްވަފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް