އޮޅުހިޔާ އަށް ގެންނަ ބުޅާތަކަށް ހިމާޔަތް ދެވޭނެފަދަ ތަނެއްގެގޮތުގައި އެތަން ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރައްވާކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ" ގެ ފަސްވަނަ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ބުޅަލުގެ މައްސަލައަށް ހައްލެއް ނުލިބި އޮތް އޮތުމަކީ ހުރިހާ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި، މިނިސްޓްރީއިން އެތަނާ ހަވާލުވި އިރު އެތަން ހުރީ ބުޅާ ގެނެސް ގެންގުޅެވޭ ހާލަތެއްގައެއް ނޫންކަމަށެވެ.
" އަޅުގަނޑުމެން ފުރަތަމަ ޕައިލެޓް ފޭސްއެއް ބޭއްވިން އޭގައި އަޅުގަނޑުމެން ކުޑަ ކޮށިތަކަށް ދެތިން ބުޅާ ލާފައި އިރުކޮޅަކުން ބަލާލި އިރު ބުޅާތަކެއް ނެތް. އޭގެން އިނގުނީ އެތަން ހެދިފައި ހުރީ ރައްކާތެރިކޮށް ނޫންކަން" މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިދިޔަ ދުވަސްތައް ތެރޭ މިނިސްޓްރީން މިދަނީ އެތަނަށް ގެންނަ ބުޅާތަކަށް ހިމާޔަތްތެރިކަން ލިބޭނެހެން ތަނުގެ މަސައްކަތްތައް ބައްޓަންކުރަމުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިސްލާމްދީނުގައި އަންގަވާފައި އޮންނަނީ ދިރޭތަކެއްޗަށް އޯގާތެރިކަމާއި ރަޙްކާތެރިކަމާ އެކީގައި ދިރޭތަކެއްޗަށް ހިތުން" މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް