ހއ. ބާރަށުގައި 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހއ. ބާރަށުގައި ޕޮލިސް ސްޓޭޝަނަކާއި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައިަކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މިގޮތުން، 2198 މީހުންގެ އާބާދީއެއް ދިރިއުޅޭ ހއ. ބާރަށު ރައްޔިތުންނަށް މި ފެށިގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު ޢުމްރާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ދެކޭ ކަމަށާއި، މި2 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިޟާރާތްކުރުމާއި،500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުންކަމަށް އެ އެކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން، 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭއިރު، ޕޮލިސް ސްޓޭޝަނެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމުކުރެވޭނެކަމަށާއި، ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، ނަމާދުކުރާ ހޯލަކާއި، އިމާމު މީހާއަށް ކޮޓަރިއަކާއި، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވުޟޫކުރާނެ ސަރަހައްދެއް ބިނާކުރުން ހިމެނޭކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މިސްކިތް އެއާކޯންކުރުމާއި 3 ފާޚާނާ އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ، ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު އެ ކުންފުނިން ނިންމައިފައިވާކަމަށާއި، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައިކަމަށެވެ. އަދި އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައިކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް