އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލު ކުރުމަށް ޖަމިއްޔާތަކާއި އެކު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ބުޅަލުގެ ނަޖިސް ގިނަވެ އާންމު އުނދަގުލަކަށް ވެފައިވުމުން އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލުކުރުމާއި, ބުޅަލުގެ ނަޖިސް ގިނަވެ އާންމު އުނދަގުލަކަށް ވެފައިވުމުން އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި އެކު މި ވުޒާރާއިން މަޝްވަރާކޮށްފި.
މީގެ… pic.twitter.com/MqpIZZwxi8— Ministry of Agriculture and Animal Welfare (@MAAWmv) May 11, 2025
އަދި "އޮޅުހިޔާ" އިތުރަށް ތަރައްޤިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ޖަމިއްޔާތަކާއި ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ކަމާއި ގުޅުހުންހުރި ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް