އަދި މިއަހަރުގެ މާރިޗު މަހު (ރަމަޟާން މަހު) ކަރަންޓު ބިލްތަކަށް ދިން ޑިސްކައުންޓު، އޭޕްރިލް މަހުގެ ބިލްތަކަށްވެސް ދީފައިވާ ކަމަށެވެ. މި ނިންމުން ނިންމީ، އޭޕްރިލް މަހަކީ އާންމުކޮށް ހޫނު ގަދަވެ، ކަރަންޓު ބިލްތައް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ހާމަކާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، އޭޕްރިލް މަހުގެ ކަރަންޓު ބިލްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިން އިރު، "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލުގެ ޖުމްލަ އަދަދު މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާ އެއްވަރުވެފައިވަނީ މި ޑިސްކައުންޓުގެ ސަބަބުން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް