2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަންގެ މަސައްކަތްތައް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއް ހުޅުވާލައިފިއެވެ.
އެކަން ހާމަކޮށް އެ ކޮމިޝަނުން ދެންނެވީ، 18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް އެ ކޮމިޝަނާ ޙިއްސާކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ މި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ އެ ޕޯޓަލް މެދުވެރިކޮށް އެކަމެއް މިހާރު ހުށަހެޅުއްވޭނެކަމަށެވެ.
18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ޙިއްސާކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ މި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ...
1/2— Inquiry Commission (@InquiryCom) May 8, 2025
މީގެ ކުރިން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ، ދެ ފުށްފެންނަ ގޮތަކަށް އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މައުލޫމާތު ހިއްސާކުރާނެ ޕޯޓަލް އެއް ތައާރަފު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށާއި މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ސުވާލު ވެސް ކުރެވޭނެ ކަމަށާއި އެ ސުވާލުތަކަށް ކޮމިޝަނަށްވެސް ޖަވާބު ދެވޭނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް