މޫސުން ގޯސްވެ ރ އަތޮޅުން ފެށިގެން އދ އާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެެވެ.
މޫސުމާ ބެހޭ ޤާއުމީ އިދާރާއިން މެދުރާއްޖެތެރޭގެ ސަރަޙައްދަކަށް ރީނދޫ އިންޒާރު ދީފައިމިވަނީ މިއަދު ހެނދުނު 6:30 އިން 11:30 އަށް ދެމިގެންދާގޮތަށެވެ.
މެޓް އޮފީހުން ވިދާޅުވީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ވިލާތައް އަރަމުންދާކަމަށާއި އަދި ދެންނެވުނު ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/JyVt1UaP5m
— Maldives Meteorology (@MetMaldives) May 7, 2025
މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ބައެއް ހިސާބުތަކުގައި ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުޞަތުވެސް އޮތުމުން، މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަންދިނުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް