ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ މަޝްވަރާއާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމުކުރާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާ ވިޔަފާރި ސްޓޯލްތަކާއި ކިއޮސްކުތަކުގެ އަގު ހެޔޮކޮށްފިއެވެ.
މި މައުރަޒުގައި ގޭގޭގައި އުފައްދާ ތަކެތި ވިއްކުމަށް 20 ކިއޮސްކު ޚާއްޞަކުރެވިފައިވާއިރު، އެހެނިހެން ކިއޮސްކުތައް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައެޅިފައެވެ. ކުރިން ކޮންމެ ދުވަހަކަށް 1،111 ރުފިޔާއަށް ހުރި ކިއޮސްކުތަކުގެ ތެރެއިން، ގޭގައި އަމިއްލައަށް މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ދުވާލަކަށް 444 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ.
އެހެނިހެން ކުދި ވިޔަފާރިތަކަށް ކިއޮސްކު ލިބޭނީ ދުވާލަކަށް 666 ރުފިޔާއަށެވެ. އަދި ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުން 3000 އާއި 4000 ރުފިޔާއާ ދެމެދުގެ އަދަދެއް ވަނީ ކުޑަކޮށްފައެވެ.
Calling all dreamers and doers!
Maldives Expo 2025 just dropped new kiosk rates at the Marketplace District:
•Home-Based: MVR 3,999
•Registered Biz: MVR 5,999Shine, sell & show the Maldives what you’ve got!#MaldivesExpo2025 #MVExpo25 #CountdownToMvExpo25 pic.twitter.com/jVPOTrPmcF
— Expo Maldives (@mv_expo) May 4, 2025
ސަރުކާރުން ފާހަގަކުރައްވާފައިވާ ގޮތުގައި މި ކިއޮސްކުތަކަކީ މީގެ ކުރިން ރާއްޖޭގައި ބޭއްވުނު މިފަދަ މައުރަޒުތަކާ އަޅާބަލާއިރު، ފެންވަރު މަތި، އަދި ވިޔަފާރިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަ ގޮތަށް ފަރުމާކުރެވިފައިވާ ކިއޮސްކުތަކެކެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް