ގދ. ތިނަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ކެމްޕަސް އިތުރަށް ތަރައްގީކޮށް ދަރިވަރުންނަށާއި
މުވައްޒަފުންނަށް ޚާއްސަ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެކަން ހާމަކޮށް އެމްޓީސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ވަކި 3 މަޝްރޫއެއްގެ ގޮތުގައިކަމަށާއި އެއ،ީ އެ ކެމްޕަސްގައި 3 ފަންގިފިލާގެ އިމާރާތެއް ހެދުމާއ،ި ދަރިވަރުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި، މުވައްޒަފުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލެކެއް އިމާރާތްކުރުމެވެ.
މިގޮތުނ،ް 10,000 އިން މަތީގެ އާބާދީއެއް ދިރިއުޅޭ ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ތަރައްގީކޮށް ޚިދުމަތް
ލިބޭން ފެށުމުން، ރަށުގެ ރައްޔިތުންނަށް ތައުލީމީ ރޮނގުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް
ލިބިގެންދާނެ ކަމަށް ގަބޫލުކުރާކަމަށާއި، ފުރަތަމަ މަޝްރޫއުގެ ދަށުނ،ް 3 ފަންގިފިލާގެ ކެމްޕަސް އިމާރާތެއް ހެދުމަށް
ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. އަދި ދެވަނަ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކްގައި 31 ކޮޓަރިއާއި ލޯންޑްރީއެއް ހުންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ތިންވަނަ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭއިރު، މި ބޮލޮކްގައ،ި 7 ކޮޓަރިއާއި ކެފޭއެއްވެސް ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ހުއްޓިފައިވާކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިކަމަށެވެ.
އަދި ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު
ނިންމައިފައިކަމަށާއި، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައިކަން ފާހަގަކުރަމުން އެ ކުންފުނިން ބުނެފައިވަނީ އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައިކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް