ފަސިންޖަރ ލައިނަކުން މާލެއަށް އައި ހާހަކަށް ވުރެ ގިނަ މީހުންނަށް ކްލިއަރެންސް ދީފިކަމަށް މޯލްޑިވެސް ކަސްޓަމްސް ސަރވިސް އިން ހާމަކޮށްފިއެވެ.
އެގޮތުން ކްލިއަރެންސްދީފައިވަނީ، މަރޝަލް އައިލޭންޑް ގެ ފަސިންޖަރ ލައިނެއް ކަމަށްވާ، އެމްއެސް ނައުޓިކާ ގެ 612 ފަސިންޖަރުންނާއި 397 ފަޅުވެރިންނަށެވެ. މި ފަސިންޖަރ ލައިން އައީ އިންޑިއާގެ މާމުގައު އިން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
Inward clearance was granted to Passenger Liner MS Nautica 🇲🇭, which arrived in the Maldives yesterday from Marmugao, 🇮🇳.
A total of 612 passengers and 397 crew members were onboard. pic.twitter.com/n8RM9QusMp— Maldives Customs Service (@CustomsMv) May 5, 2025
En-route clearance was provided for 610 passengers and 397 crew members from MS Nautica, which arrived from Mormugao Port, India to Malé, Maldives, on 4th May 2025. pic.twitter.com/LnegZFxKQH
— Maldives Immigration (@ImmigrationMV) May 5, 2025
މިފަދަ ފަސިންޖަރ ލައިންތަކާއި، ކްރޫޒްލައިން އަދި ޔޮޓުތަކުގެ މެދުގައި ރާއްޖެ ދުވަހަކަށްވުރެ ދުވަހެއް މަޤުބޫލުކަން ހޯދަމުންދާއިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ޚާއްސަ ޖެޓީތައް ތަރައްޤީކުރައްވަން ނިންމަވާފައިވާކަމަށް ސަރުކާރުންވަނީ މީގެކުރިން ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް