18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ ހައްވާ ޔުމްނު ރަޝީދު ހޭ އަރައިފިކަމަށް ޢާއިލާއިން ބުނެފިއެވެ.
މި ހާދިސާގައި ފުރާޅުމައްޗަށް ވެއްޓިފައި އޮތް ޔުމްނުއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ޔުމްނުގެ ސިއްޙަތާ ގުޅިގެން ޢާއިލާގެ ފަރާތުން އަދާހަމަ މަޢުލޫމާތުދޭ ފަރާތުގެ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޔުމްނު މިހާރު ހޭ އަރާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޭނާ އޮތީ ޝޮކެއްގައި ކަމަށެވެ.
Update on Naana
She’s awake and stable in ICU, but still in deep shock.
Today’s key point: feeding tube is removed. She can now take blended food.
Next surgery is on Thursday to remove fragments from her hip and elbow, and to align the hip.
Recovery is slow but steady.Last 2…
— Mooch (@mooch3300) May 4, 2025
ހޭއެރިނަމަވެސް، ޔުމްނު އޮތީ އަދިވެސް އައިސީޔޫގައި ކަމަށާއި ނަމަވެސް މިހާާރު ސްޓޭބަލްވެފައިވާކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ދެން އޮތީ ޔުމްނުގެ އުނަގަނޑު އެއްވަރުކޮށް އުނަގަނޑާއި އޮޅަނބޮށްޓަށް ވަދެފައި ހުރި އެތިއެތިކޮޅު ނަގަން ކުރާ އޮޕަރޭޝަނެއްކަމަށާއި އެ އޮޕަރޭޝަން ކުރަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހުކަމަށްވެސް އާއިލާގެ ފަރާތުން ބުނެފައިވެއެވެ. މި ހާދިސާގައި އަނިޔާވެ ލިބުނު ޒަހަމްތަކަށް ފަރުވާދިނުމުގެ ގޮތުން ކުރަންޖެހުނު އެންމެ ނުރައްކާތެރި އޮޕަރޭޝަންވެސް މިހާރު ކުރެވި ކާމިޔާބުވެފައިވާކަމަށް މީގެ ކުރިން އާއިލާއިންވަނީ މައުލޫމާތުދީފައެވެ. އެއީ ކަރުގެ އޮޕަރޭޝަނެކެވެ.
ފުރާޅެއްގެ މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. އަދި މި ހާދިސާ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ކޮމިޝަނެއްވެސް އުފައްދަވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް