މާލޭގެ އުސްފަސްގަނޑު ދިމާ ބޭރުން މިރޭ ހަވާއަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގެ އުސްފަސްގަނޑު ދިމާ ބޭރުން މިރޭ 23:30 ގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފަ. ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު. pic.twitter.com/IDbKNonlwB
— Maldives National Defence Force (@MNDF_Official) May 2, 2025
ހަވާ އަރުވާނީ މިރޭ 23:30 ގައިކަމަށާއި މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓް ވަންދެންކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް