ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، ދުވެލި ބާރުވުމުގެ ފަހަތުގައިވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާޞްތެރި ބުރަ މަސައްކަތްކަމަށް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމަންޓް މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ، މަސައްކަތްތެރިންނަކީ ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގެ މައި ތަނބުކަމަށާއި މުޖުތަމަޢު ކުރިއަރުވައި، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީވެސް އެ މަސައްކަތްތެރިންކަމަށެވެ.
އަދި ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، ދުވެލި ބާރުވުމުގެ ފަހަތުގައިވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާޞްތެރި ބުރަ މަސައްކަތްކަން ޤަބޫލު ކުރަންޖެހޭކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މުޖުތަމަޢު ކުރިއަރުވައި، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީވެސް މަސައްކަތްތެރިންކަމަށެވެ.
މި އަހަރުގެ މަސައްކަތްތެރިންގެ ޝިޢާރަކީ "ރިވޮލިއުޝަނަލައިޒިންގ ސްކިލްސް އެންޑް ޓްރެއިނިންގ: ބިލްޑިންގ އަ ރެސިލިއަންޓް މޯލްޑިވްސް ވޯކްފޯސް ފޮރ އިންކްލޫސިވް އިކޮނޮމިކް ގްރޯތް" އެވެ.
މި ޝިއާރަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މި ޝިޢާރުން ހާމަކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް މަސައްކަތުގެ މައިދާނުގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަންކަމަށެވެ.
އަދި "އެންމެންނަށް ވަޒީފާ" މި ސިޔާސަތުގެ ދަށުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ފުޅާ ދާއިރާއެއްގައި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް