އަދާލަތު ޕާޓީ (އޭޕީ)އާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކޮށް އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ޚިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަދެވަޑައިގެންނެވުމަށް ނިންމަވައިފިކަމަށެވެ.
އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް @AdhaalathOffice އަލުން ވަނުމަށް ނިންމައިފީމެވެ. މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 30, 2025
އަދި މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަމަށްވެސް ވަޒީރުވަނީ ހާމަކޮށްފައެވެ.
ޑރ. ވަޒީރު އަލުން އެނބުރި އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން އިޢުލާންކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެމަނިކުފާނުގެ ނިންމުމަށް މަރުޙަބާ ކިޔަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް