ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުުރުމަށް މިމަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދި ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކޮށް ކޮމިޝަނާ މައުލޫމާތު ހިއްސާކުރުމަށް ޕޯޓަލް އެއް ތައާރަފު ކުރާނެ ކަމަށް ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ކުރިއަށް ގެންދާނީ. މިޒަމާނުގެ ޓެކްނޮލަޖީގައި އެކަން އެ ލެވެލް އަށް ކުރެވެން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ މިއީ ހައްސާސް މައްސަލައަކަށް ވާތީ، ދެ ފުށްފެންނަ ގޮތަކަށް އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މައުލޫމާތު ހިއްސާކުރާނެ ޕޯޓަލް އެއް ތައާރަފު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށާއި މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ސުވާލު ވެސް ކުރެވޭނެ ކަމަށާއި އެ ސުވާލުތަކަށް ކޮމިޝަނަށްވެސް ޖަވާބު ދެވޭނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް