މެލޭޝިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަންވަރު އިބްރާހީމް ދެއްވި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މެންދުރުގެ މި ފަރިއްކޮޅު ބާއްވަވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައިކަމަށްވާއިރު، މިފަރިއްކޮޅުގައި މެލޭޝިއާގެ ބޮޑުވަޒީރާއި، މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެެވެ.
H.E. President Dr @MMuizzu, attends the official lunch hosted by H.E. Anwar Ibrahim, the Prime Minister of Malaysia as a part of President Dr Muizzu's official visit to Malaysia. pic.twitter.com/JUH8TmLwKW
— The President's Office (@presidencymv) April 28, 2025
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް