މާލޭގެ ފުރަތަމަ ފަސްތަރީގެ ހޮޓަލުގެ ގޮތުގައި ބާސެލޯސް ނަސަންދުރާ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
އެގޮތުން ކުރިން ރާއްޖޭގެ އެންމެ މަޝްހޫރު ހޮޓާ ހުރި ނަސަންދުރަ ޕެލަސް ހުރި ބިމުގައި ބިނާކުރި މި ހޮޓަލުގައި، ހަތަރު ތަރީގެ 150 ކޮޓަރީގެ އިތުރުން މަތީ ފަންތީގެ 100 އެޕާޓްމަންޓް ވެސް ހުންނައިރު މި ހޮޓަލުގެ ރޫފްޓޮޕްގައި ސުވިމިން ޕޫލް ފަދަ ވަސީލަތްތަކާއެކު ހުޅުވިއިރު، އެ ކުންފުނިން ރާއްޖޭގައި ރިސޯޓްތައްވެސް ހިންގައެވެ.
ބާސެލޯ ގްރޫޕުގެ ވިޔަފާރި ފެށިފައިވަނީ 1931 ވަނަ އަހަރުކަމަށްވާއިރު، އެންމެ ފުރަތަމަ މި ކުންފުނީގެ ޓޫރިޒަމް ވިޔަފާރިއެއް ފެށީ ސިމޯރނޭ ބަޒްލޯ އެވެ. މިއަދު ބާސެލޯ ގްރޫޕަކީ 22 ގައުމެއްގައި 245 އަށް ވުރެ ގިނަ ހޮޓަލު ހިންގާ ގްރޫޕަކަށްވާއިރު، ބާސެލޯ ހޮޓެލް ގްރޫޕުން އޭޝިއާގައި މިހާރު އިންޑޮނޭޝިއާ، ތައިލެންޑް، ރާއްޖެ، ޔޫއޭއީ، އަދި އޮމާން ފަދަ ހަ ގައުމެއްގެ ޕްރޮޕަޓީތައް މެނޭޖްކުރެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް