ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މެއިން އިންޖީނެއްގެ ދުން ހޮޅީގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:19 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 06:30 ހާއިރުއެވެ.
ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި.https://t.co/uwc7WEq0OS pic.twitter.com/8m3uMCu2uE
— Maldives National Defence Force (@MNDF_Official) April 28, 2025
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުންވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް