ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ހަވާލުކުރިކުރުން ބަދަލުކޮށް އެ މަސްއޫލިއްޔަތު ޑެޕިއުޓީ އޮފް ކޮމިޝަނަރ އިސްމާއީލް ނަވީނަށް ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުޤީގެކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށްވާތީ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅައިފިކަމަށެވެ.
ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުޤީގެކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށްވާތީ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު… https://t.co/apZ5SE0qYJ
— Minister of Homeland Security & Technology (@min_mohst) April 26, 2025
ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމުގައި އަލީ ޝުޖާއު މިއަދުގެ ވަގުތެއްގައި އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވި ކަން މީޑިއާތަކުން ރިޕޯޓްކުރި ފަހުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ލިއުއްވީ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފިކަމަށެވެ.
ސީޕީކަމުން ޝުޖާއު އިސްތިއުފާ ދެއްވީ ކޮން ސަބަބަކާހުރެ ކަން ކަށަވަރުނުވިނަމަވެސް، އިސްތިއުފާ ދެއްވާފައިމިވަނީ، މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއްމުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން، މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މާލޭގައި ދަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް