ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ހަވާލުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަލީ ޝުޖާއު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މިކަން ހާމަކޮށް މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅައިފިކަމަށެވެ.
ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވި ކަން މީޑިއާތަކުން ރިޕޯޓްކުރި ފަހުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ލިއުއްވީ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފިކަމަށެވެ.
ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވި ސަބަބު ސާފުނުވި ނަމަވެސް، އިސްތިއުފާ މިދެއްވީ އިސްތިއުފާއަށް ގޮވާލާ އަޑުތައް ގަދަވެފައިވަނިކޮށެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން އަމާޒުވެފައިވާ ބޮޑެތި ފާޑުކިޔުންތަކާ އެކީ އެވެ.
ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް…
— Minister of Homeland Security & Technology (@min_mohst) April 26, 2025
ސީޕީކަމުން ޝުޖާއު އިސްތިއުފާ ދެއްވީ ކޮން ސަބަބަކާހުރެ ކަން ކަށަވަރުނުވިނަމަވެސް، އިސްތިއުފާ ދެއްވާފައިމިވަނީ، މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާމެދު އާއްމުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން، މި މައްސަލައިގައި ހިމެނޭ ބައެއް ކަންކަން ސިއްރުކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މާލޭގައި ދަނީ ސިލްސިލާ މުޒާހަރާތަކެއްވެސް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް