މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މިލިއަނަކަށްވުރެ ގިނަ ސިނގިރޭޓު ނައްތާލާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކ. ދޫނިދޫގައި އަންދާ ނައްތާލާފައި ވަނީ 1,359,180 (އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށްޑިހަ) ސިނގިރޭޓު ކަމަށެވެ.
އެއީ ގާތްގަނޑަކަށް 135 ކޭސް ސިނގިރޭޓެވެ. ބާޒާރުގެ އަގުން އަންދާޒާކުރާއިރު، 13 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސިނގިރޭޓެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި.
ޢަދަދު: 1،359،180 ސިނގިރޭޓް
ތަން: ކ. ދޫނިދޫ
ތާރީޚް: 24.04.2025 pic.twitter.com/i4hphXlN8c— Maldives Customs Service (@CustomsMv) April 24, 2025
އަދި އެއީ ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ސިނގިރޭޓްތަކެއްކަމަށާއި، އެ ތަކެތި ނައްތާލައިފައި ވަނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް