ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހްމަދު ޤާސިމް އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި @MTCCPlc އާއި ހަވާލުކޮށްފި .މި ޕްރޮޖެކްޓްތަކުގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު، ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ލިބިގެންދާނެ. pic.twitter.com/EFhyR4lQq0
— Ministry of Health (@MoHmv) April 23, 2025
މިއީ 147,437,634/2ރުފިޔާގެ ޚަރަދެއް ހިނގާ ޕްރޮޖެކްޓަކަށްވާއިރު، މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ ދޮޅު އަހަރު ( 540 ދުވަސް ) ދުވަހެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރެވިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް