އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮފީހުގައި ޗައިލްޑް-ކެއާ ސްޕޭސްއެއް މިއަދު ހުޅުވައިފިއެވެ.
މި ސްޕޭސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ޗައިލްޑް-ކެއާ ސްޕޭސްއަކީ ވުޒާރާގެ މުވައްޒަފުންގެ ކުޑަކުދިން ބެލެހެއްޓުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޖާގައެކެވެ. އަދި މިތަނުގައި ތަޖުރިބާކާރު މުވައްޒަފުން ކުދިންގެ ކަންކަން ބެލެހެއްޓުމަށް ތިބޭއިރު އެ ކުދިންނަށް އެކަށީގެންވާ ފަރުނީޗަރާއި، ކުޅޭ ސާމާނު، އަދި ތަޢުލީމީ ވަސީލަތްތައްވެސް މިތަނުގައި ހުންނާނެއެވެ.
ޢިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮފީހުގައި ޗައިލްކެއާ ސްޕޭސްއެއް ހުޅުވައިފި.
މަސައްކަތްކުރާ ތަންތަނުގައި ކުޑަކުދިން ބަލަހައްޓާ 'ޗައިލްޑް ކެއާ ސްޕޭސް' އެއް ހުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް ނުހަނު ބޭނުންތެރި، ޚާއްސަކޮށް އަންހެން މުވައްޒަފުން ބާރުވެރިކޮށް،… pic.twitter.com/EjB66LCnVH— Ministry of Social and Family Development (@MSFDmv) April 20, 2025
މިއީ، މަސައްކަތްކުރާ މައިންބަފައިންނަށް، ޚާއްޞަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ހުޅުވުނު ތަނެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް