އއ އާއި އދ. އަތޮޅުގެ ޞިއްހީ ޚިދުމަތު ގެ ފެންވަރު ރަނގަޅު ކުރުމާއި ބައެއް ރަށްރަށުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ އިތުރުން ބޭސް ލިބުމުގެ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ މެނޭޖްމަންޓްގެ ޓީމެއް އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ.
މި ދަތުރުތަކުގައި އިސްކޮށް ހުންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމަށްވާއިރު މިދަތުރުގައި ސްޓޭޓް މިނިސްޓަރ އިސްމާއީލް ޝަރީފް ވެސް ބައިވެރިވަޑައިގެންނެވިއެވެ. މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު މި ޓީމް ވަނީ އދ. މަންދޫ އަދި މާމިގިލީ ހެލްތު ސެންޓަރަށް ވަޑައިގެން އެ އެތަނުގައި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިަތަކާއި ބައެއް ޚިދުމަތް ފުޅާ ކުރުމާއި ގުޅޭގޮތުން މަޝަވަރާކުރެއްވުމުގެ އިތުރުން، އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ އިތުރުން ބޭސް ލިބުމުގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަދި މާމިގިލީ ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން ހަވާލުކުރުމާއި ގުޅޭގޮތުން ވަނީ އެ ރަށު ކައުންސިލާއި އެކުވެސް މަަޝަވަރާކޮށް، މި މަޝަވަރާގައި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާނެ ދުވަހަކާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ. އަދި ކައުންސިލްގެ ފަރާތުން މަސައްކަތް ކުރިއަށްދާއިރު އެކަން މޮނިޓަރކުރުމާއި ގުޅޭގޮތުންވެސް މަޝަވަރާކުރެވުނެވެ.
އއ އަދި އދ. އަތޮޅުގެ ޞިއްހީ ޚިދުމަތު ގެ ފެންވަރު ރަނގަޅު ކުރުމާއި ބައެއް ރަށްރަށުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމުގެ އިތުރުން ބޭސް ލިބުމުގެ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ މެނޭޖްމަންޓްގެ ޓީމެއް އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ. pic.twitter.com/4zChQX5NG6
— Ministry of Health (@MoHmv) April 18, 2025
އދ. މަންދޫ، އދ. މާމިގިލީ ހެލްތު ސެންޓަރ ގެ އިތުރުން އއ. ފެރިދޫ އާއި އުކުޅަހު ހެލްތް ސެންޓަރަށްވެސް އެބޭފުޅުންވަނީ ވަޑައިގެންފައެވެ. އަދި ރަސްދޫ ހޮސްޕިޓަލަށް ވަޑައިގެން އެރަށުގެ އައު ހޮސްޕިޓަލް އަޅަން ހަމަޖެހިފައިވާ ބިން ބައްލަވައި، މި ދަތުރުގައި މުވައްޒަފުންގެ ދަތިކަމާއި އެހެނިހެން މަރާމާތާއި ގުޅޭގޮތުން އަދި ހުރިހާ ރަށެއްގެ ބޭސް ލިބެން ހުރިތޯ ވަނީ ކަށަވަރުކޮށްފައެވެ.
މި ދަތުރަކީ ސީދާ ރައީސުލްޖުމުހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ ޞިއްހީ ހާލަތު ގާތުން ބަލާ، ކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަށް ދެއްވާފައިވާ އިރުޝާދުގެ ދަށުން ޚިދުމަތް ދިނުމަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިނިސްޓަރ ގެ އިރުޝާދާއި އެކު ކުރެވޭ ދަތުރުތަކަށްވާއިރު މި ދަތުރުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެސްޓީއޯގެ ޓީމެއްވެސް ބައިވެރިވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް