ރ. އަތޮޅު ހުޅުދުއްފާރަކީ ތަފާތު އެތައް ހަނދާންތަކަކާ ގުޅިފައިވާ ރަށެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރޭގެ ރަސްމިއްޔާތުގައި އެވޯޑުތައް ހާސިލުކުރެއްވި ބޭފުޅުންގެ ތެރޭން ގިނަ ބޭފުޅުންނަކީ، އެ މަނިކުފާނުނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައި، ދެކެފަރިތަ އަދި އެ ބޭފުޅުންނާއެކު މަސައްކަތްކުރުމުގެ ނަސީބު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.
އަދި އެބޭފުޅުންގެ އަގުވަޒަންކުރެއްވިކަން އެއީ އެ މަނިކުފާނަށް ވެސް ވަރަށް މަތިވެރި އުފާފުޅެއް ލިބިވަޑައިގަންނަވައި ކަމެއް ކަމަށާއި މީގެ 10 ވަރަކަށް އަހަރު ކުރިން އެ ރަށުގެ ސުކޫލު ފަރާތުން ބޭއްވި ރަސްމިއްޔާތަކަށް ވަޑައިގަތުމުން އެ ރަށުން ކިޔުއްވި މަރުޙަބާއާއި، އެ ރަށުގައި މިއަދު ދިރިއުޅުއްވާ އެކި ރަށްރަށުގެ މީހުން، އެ މީހުންގެ އިހުގެ ރަށްރަށުން އެ މަނިކުފާނަށް ކުރެވިފައިވާ ބައެއް ތަޖުރިބާތައް ވެސް އެމަނިކުފާނު ވަނީ ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ހުޅުދުއްފާރަކީ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރޭން ވަރަށް ނަމޫނާ ރަށެއްކަމަށާއި، އެރަށަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމުގައި މަރުޙަބާ ކިޔުއްވާ ރަށް ކަމަށެވެ.
އަދި އެ ކަން އެގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރައްވާފައި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއްކަމަށާއި ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާކަމަށެވެ.
ރޭ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް