ފުވައްމުލަކު ސިޓީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލަ މިއަދު 12:11 ހާއިރު ރިޕޯޓުކޮށްފައިވާކަމަށާއި ނިޔާވެފައިވަނީ ރ. އަލިފުށި، އަބަދަށްހިޔާގެ، ޢަބްދުﷲ ރިޝްދާން (27 އ) ނަމަކަށްކިޔާ މީހެއްކަމަށެވެ.
އަދި މިހާތަނަށް ބެލި ބެލުމުން، އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓައި ޚަބަރު ހުސްވެގެން ވެއްޓިގެންކަން އެނފިފައިވާކަމަށާއި އެމީހާގެ މޫނު މައްޗަށް އަނިޔާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް