އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވިގެންދާނެ ކަމަށާއި މިގޮތުން ދާއިމީ 3 ބުރި މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހު ފަހުކޮޅު ހުޅުވިގެންދާނެ ކަމަށެވެ.
އަދި އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވިއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 3،000 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވަނީ އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަދި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި އައު މިސްކިތްތައް ތަރައްޤީކުރުމާއި، މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތްތައް ކުރަމުންދާކަމީ ފާހަގަކޮށްލެވޭކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް