މޯލްޑިވް ގޭސް އަށް ގޭސް ގަތުމުގެ ޕްރޮކިއުމަންޓުގެ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށަށް ބަދަލުކުރުމަށްވި އެސްޓީއޯ ބޯޑުގެ ބައްދަލުވުމަކުން ނިންމައިފިއެވެ.
ގޭސް ވިއްކާ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވް ގޭސް އަށް ގޭސް ގަތުމުގެ ހުރިހާ ކަމެއް އެސްޓީއޯ އަށް ބަދަލުކުރުމަށް ބޯޑުން ނިންމާފައި މިވަނީ، ދުބައީ ކުންފުންޏެއް މެދުވެރިކޮށް ގޭސް ގަންނަން އެޑްވާންސް ފައިސާގެ ގޮތުގައި އެ ކުންފުނިން ދެއްކި 240،000 ޑޮލަރު ގެއްލުނު މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން، މޯލްޑިވް ގޭސް އިން ގޭސް ގަތުމަށް ދުބާއީ ކުންފުންޏަކަށް ދިން ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ ފެންމަތިވުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.
މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބީއެއް ލިބިފައި ނުވާއިރު، ގޭސްގެ ޝިޕްމަންޓް ރާއްޖެ އައިސްފައި ނުވާ ކަމަށްވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް