މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުން ހޯދަމުންދަނީ ޢަލީ ޢާޒިމް، ހ. ހަވިއްތަ / މާލެ (43އ) ކަމަށާއި، އޭނާ ހޯދަމުންދަނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ޑޮލަރު މާރުކުރަންކަމަށްބުނެ ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
މީގެ އިތުރުން ފުލުހުންވަނީ މި މައްސަލައިގެ ތަޙުޤީޤަށް ސުވާލުކުރުމަށް އެޕްރީލް 20 ވަނަ ދުވަހުގެ 13:00 އަށް މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް