މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އަނެއްކާވެސް އިޢުލާންކޮށްފިއެވެ.
އެ ކުންފުނިން ރޭ ކުރި އިޢުލާނުގައި ވަނީ އޮޕަރޭޓިންގ ލީސް ބޭސިސް އަށް ފަސް އަހަރުގެ މުއްދަތަށް އެއް އެއާބަސް އޭ330-200 މަރުކައިގެ އެއާކްރާފްޓެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 26 އެޕްރީލް 2025 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން، އިއުލާނާއެކު އާންމުކޮށްފައިވާ ރިކުއެސްޓް ފޮރ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ގޮތުން މި އެއާކްރާފްޓް މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ފޯރުކޮށްދޭންވާނެކަމަށާއި މި އެއާކްރާފްޓުގައި އިކޮނޮމީ ކްލާހާއި ބިޒްނަސް ކުލާހުގެ ސީޓުތައް ހުންނަންޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި މަދުވެގެން 20 ބިޒްނަސް ކުލާސް ސީޓު ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް