ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ ލ. މާބައިދޫ/ސޫރަޖްވިލާ އިބްރާހިމް ނައުޒަމް (30އ) އެވެ.
މީޑިއާއަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ، މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލްނުވެގޮސް އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 08:45 ހާއިރު ކަމަށާއި މި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް