ގެއްލުނު މީހަކު މަރުވީކަމަށް ބަލައި ކަށު ނަމާދު ކުރެވޭނީ ގާޒީއަކު ކަނޑައަޅައިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މާލެ ދަތުރުކުރި "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މުޝްފިގު ޝަރީފްގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމައި އެކަން ލ. މާވަށު ކައުންސިލުން އިޢުލާނުކުރުމާ ގުޅިގެންނެވެ.
މަޢުލޫމާތުލިބޭގޮތުގައި، މުޝްފިގުގެ މައްޗަށް ޢައިބުގައި ކަށުނަމާދުކުރުމަށް ނިންމާފައިވަނީ މުޝްފިގުގެ ޢާއިލާއިންވެސް އެގޮތް ބޭނުންވާތީއެވެ.
މިކަމާ ގުޅިގެން މީޑިއާއަށް މިރޭ މީޑިއާތަކާ މިނިސްޓަރު ހއްސާކުރި މެސެޖުގައި ވިދާޅުވީ މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ގާޒީއަށް ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމެއްކަމަށެވެ.
"މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުމެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައިކަމަށާއި ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ ކަމަށާއި، އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެ ކަމަށެވެ.
ނަމަވެސް ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވަނީ ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންކަމަށާއި، އެހެންނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ޤާޟީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު، މިނިސްޓަރު ވިދާޅުވީ އެކަމުގައި ގާޒީގެ ހުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ ކަމަށާއި، އެގޮތުން ގެއްލިފައިވާ މީހަކީ ދަރިން ތިބެ މީހަކާ އިނދެގެންވެސް އުޅޭ މީހަކަށް ވުމުގެ ފުރުސަތު އޮންނައިރު މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެސް ވެދާާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމީހުންނަކީ އޭނާގެ ވާރުތަ ވެރިންނެވެ. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެކެވެ. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހައިކަމެއްގެ ހުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެއެވެ. ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ އިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވީއެވެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގާޒީގެ މި ޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަވާނެ ކަމަށާއި އަދި އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް