ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް ހާލުބޮޑުވި މީހާ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުުވާ ދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ ބަންދުގަގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްްފައިވަނީ، އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަޢުލޫމާތު ލިބޭގޮތުގައި އޭނާ މަރުވެފައިވަނީ މިއަދު 15:18 ހާއިރުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނި ގޮތުގައި އެ ހާދިސާ އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތުވަނީ ހިއްސާކޮށްފައެވެ. އަދި ހާދިސާގެ ތަހުގީގަށް މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް އޭރު ފުލުހުންވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމުގައި ވެސް ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާއިރު، މި މައްސަލައިގައި ކަންހިނގައި ދިޔަގޮތް ބަލަމުން އަންނަކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ވެސް ވަނީ ބުނެފިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް