އަމާޒަކީ މިއަހަރު ސެޕްޓެންބަރު މަހުގެ ތެރޭގައި ރާއްޖޭގެ ސުކޫލްތަކުގެ ކްރާސްރޫމްތައް އޭސީކުރުންކަމަށް ރައީސުލްޖުމުހޫިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެއީ އެމަނިކުފާނުގެ ވައުދެއް ކަަމަށާއި އެމަނިކުފާނުގެ ކެމްޕޭން ދުވަސްވަރު ކިޔަވާ ދަރިވަރުންގެ ފަރާތުން ލިބުނު އެންމެ ބޮޑު ޝަކުވާއަކީވެސް އެއީކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރު އަތްޕުޅުގައި ހުރި ހިސާބުތަކަށް ބައްލަވާއިރު 3704 ކްލާސްރޫމެއް އޭސީ ކުރަންޖެހިފައިވާކަމަށާއި އަމާޒަކީ މިއަހަރު ސެޕްޓެންބަރު މަސް ތެރޭގައި އެ ހުރިހާ ކްލާސްރޫމެއްވެސް އޭސީކުރުން ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ކުރެއްވި ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސުކޫލްތަކުގެ ހޯލްތައްވެސް އޭސީކުރުމަށް ނިންމަވާފައިވާކަމަށާއި އެ މަސައްކަތް ކުރުމަށް ވަގުތު ނަގާނެކަމަށެވެ.
މީގެ އިތުރުން، 531 ކްލާސް ރޫމް ބިނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށާއި، މަލްޓި ޕާޕަސްހޯލް ޤާއިމް ކުރުމުގެ 46 މަޝްރޫއެއް ކުރިއަށް ދާކަމަށާއި، ސްޓާފްރޫމާއި، ލައިބްރަރީ، ސައިންސް ލެބް ފަދަ އެޑިޔުކޭޝަން ދާއިރާގެ ގިނަ މަޝަރޫއުތަކެއް ކުރިއަށް ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް