ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް އާއި އެމްއެމްޕީއާރުސީ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކެމްޕޭން ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދު ހާމަކޮށްފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި، އެ ދަތުރުފުޅަށް ރައީސް އޮފީހުން 153،689.92 ޚަރަދުކޮށްފައިވާކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި އެ މެޗުގައި، އެމްއެމްޕީއާރްސީ އާއި ލިވަޕޫލް ގުޅިގެން ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ރަސްމީކޮށް ފަށާފައިވާއިރު، ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.
ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ތޯރިޤް އިބްރާހީމް އަދި މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބުދުﷲ ރާފިއުވެސް ބައިވެރިވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް