ކ. ގާފަރު ބޭރުުން ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.
ދޮށީގެ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ޤާއިމުކޮށްފައިވާއިރު، އެޅި ކަނދުފަތީގެ ނަންބަރަކީ G10D01 ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނީ
ދޮށީ ކަނދުފަތި ނަންބަރު: G10D01
9 އޭޕްރީލް 2025 ވަނަ ދުވަހު ކ.ގާފަރު ދޮށީ ކަނދުފަތި، ގާފަރު އިރުން 13.5 މޭލު ބޭރުގައި ޤާއިމްކޮށްފި pic.twitter.com/PtaPrZfCz3— Ministry of Fisheries and Ocean Resources (@MFORmv) April 9, 2025
މަޢުލޫމާތުލިބޭ ގޮތުގައި، ގާފަރު ބޭރުގައި ކަނދުފައްޗެއް އަޅާފައި މިވަނީ އެ ރަށު ބޭރުގައި އޮތް ކަނދުފަތި ކަނޑައިގެން ދިޔަތާ ގިނަ އަހަރުތަކެއް ފާއިތުވި ފަހުންނެވެ.
މީގެ އިތުރުންވެސް، ކ. އަތޮޅުގައި ސްޕޯޓްސް ފިޝިންއަށް ޚާއްސަ ތިން ކަނދުފައްޗެއް އޮވެއެވެ. އެއީ ކ. ގާފަރުގެ އިރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ހުޅުމާލޭގެ އިރުން 5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް