މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރެވިފައިވާ ފާރޓިލިޓީ ސެންޓަރުން އަންނަ މަހު ފުރަތަމަ އެމްބްރިޔޯ ޓްރާންސްފަރ ހެދުމަށް ނިންމާފައިވާ ކަމަށް އައިޖިއެމްއެޗްގެ ސީއީއޯ އަބުދުލް ރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
ފަރޓިލިޓީ ސެންޓަރުން މިހާރުވެސް 100 އަށް ވުރެ ގިނަ މީހުން ދަރިމައިވުމާއި ގުޅޭ އެކި ފަރުވާ ފުރިހަމަކޮށްފައިވާއިރު، މިދިޔަ މާރޗް މަހު އައިޖީއެމްއެޗުން ވަނީ ފުރަތަމަ އައިވީއެފް ޕްރޮސީޖަރ ހަދާފައެވެ.
އެމްއެމްޓީވީއިން ކުރިއަށްގެންދާ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ އެއީ ތާރީޚީ ދުވަހެއް ކަމަށާއި އެދުވަހު ވަނީ އައިވީއެފް ހެދުމަށް ސާމްޕަލް ނަގާ ޕޮރޮސީޖަރ ކުރިއަށް ގެންގޮސްފައިކަމަށާއި ޓާގެޓަކީ މި ފެށޭ މެއި މަހު، ފުރަތަމަ އެމްބްރިޔޯ ޓްރާންފަރ ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުންކަމަށެވެ.
ހަލީމް އިތުރަށް ވިދާޅުވީ އައިވީއެފް ހެދުމަށް މިހާރު 9 ދެމަފިރިއަކު މިހާރުވެސް ތައްޔާރުވެފައިވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް