މި ހިނގާ އެޕްރީލް މަހު ތ އަތޮޅު ވޭމަންޑޫގައި ޑަޔަލިސިސް ގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން މަޢުލޫމާތުދީފައިވާ ގޮތުގައި، އަންނަ ހަފްތާގައި މި ޚިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން މިމަހުގެ ތެރޭގައި ނ އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންދާއިރު، ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.
އަދި އެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް