އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމަށް ޔާސީން ހުސެއިން މިއަދު އައްޔަނުކޮށްފި އެވެ.
ޔާސީން އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ބޯޑުން މިރޭ އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، ހުޅުމާލެ، ހިޔާ , 8-01-04 އަލްފާޟިލް ޔާސީން ޙުސައިން މިއަދު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 8, 2025
ޔާސީން އެމްޓީސީސީގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ޢައްޔަންކުރާ މެންބަރެއްގެ ގޮތުންކަމަށްވާއިރު، ޔާސީންއާއެކު އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އަށް މެމްބަރުން ތިއްބަވަ އެވެ.
އޭގެ ތެރޭގައި އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ދެ މެމްބަރުންވެސް ހިމެނޭއިރު، އެމްޓީސީސީގެ ޗެއަރމަންގެ މަޤާމުގައި މިހާރު ހުންނަވަނީ މުޙައްމަދު ޙުސައިން އަފީފް ކަމަށްވާއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް