އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ނައިބު ވަޒީރު އިބްރާހީމް އާސިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ.
މިއީ 7933 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރެވެމުން އަންނަ އަދި އެއްފަހަރާ 500 މީހުންނަށް އަޅުކަން ކުރެވޭ ވަރުގެ ޖާގައެއް ލިބިގެންދާނެ މިސްކިތެކެވެ. މި މިސްކިތް ނިމުމުން ހަނިމާދޫގެ 2645 މީހުންގެ އާބާދީއަށާއި، އެއަރޕޯޓާ ގުޅިގެން އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް