އީރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭގޮތުން އެމެރިކާއާ އެކު މަޝްވަރާތަކަށް ދާން އީރާނުން ނިނެމައިފިއެވެ.
މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އޮމާންގައެވެ. މިއީ އެމެރިކާއާ ސިދާ ގޮތުން ކުރެވޭ މަޝްވަރާއެއް ނޫން ކަމަށާއި މަޝްވަރާތައް ކުރިއަށް ދާނީ އޮމާން މެދުވެރިވެގެން ކަމަށް އިރާނުން ވަނީ ބެނެފައެވެ.
މި ފަހުން އެމެރިކާއާ އިރާނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ނިއުކްލިއާ ޕްރްގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކޮށްފިނަމަ އީރާނަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރާއި ގުޅިގެން އީރާނުންވެސް ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއިން އަބަދުވެސް ތުހުމަތުކުރަމުން ގެންދަނީ އެއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ބޭނުމުގައި އީރާނުން ކުރަމުންދާ ކަމެއްގެ ގޮތުގައިއެވެ. ނަމަވެސް އީރާނުން ބުނަނީ އެއީ ހަމައެކަނި ހަކަތަ އުފެއްދުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް