ރާއްޖޭގައި ދިވެހިލޮނު އުފައްދަންފެށުމަކީ ކުރިއެރުމެއް ކަމަށް އިކޮމިން މިނިސްޓަރ މުހައްމަދު ސަަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގައި ލޮނު އުފައްދާ ފެކްޓްރީ ހުޅުވި ޚަބަރެއް ހިއްސާކުރައްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ކަންކަން ކުރިއަށްދާނީ ފެށީމައިކަމަށާއި އެ މަސައްކަތަށް ކުރިއެރުމާއި މަރުޙަބާ ދަންނަވާކަމަށެވެ.
ރާއްޖޭގައި ދިވެހިލޮނު އުފައްދަންފެށުމަކީ ކުރިއެރުމެއް. ކަންކަން ކުރިއަށްދާނީފެށީމަ. މަރުޙަބާ އަދި ކާމިޔާބަށްއެދެން. ރައީސް ޑރ މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިއްވަރުދީ އަދި ދެވެންއޮތް ހުރިހާ އެހީތެރިކަމެއްފޯރުކޮއްދޭނެ. https://t.co/5YKIgVlqZk
— Mohamed Saeed (@em_saeed) April 7, 2025
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ރާއްޖޭގެ މިފަދަ އުފެއްދުންތަކަށް ހިއްވަރުދީ އަދި ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮއްދެއްވާނެކަމަށެވެ.
މަޢުލޫމާތު ލިބޭގޮތުގައި ރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ފެށީ ދިވެހި ކުންފުންޏެއް ކަމަށްވާ އެމްޑީޕް އިންވެސްޓްމަންޓާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެންނެވެ. މިތަން ތަރައްގީކޮށްފައިވަނީ 15000 އަކަފޫޓްގެ ބިމެއްގައިކަމަށްވާއިރު، މިއީ ދިއްދޫ ކައުންސިލުން 15 އަހަރު ދުވަހަށް ކުއްޔަށް ދީފައިވާ ބިމެކެވެ.
މި ލޮނުގެ ބްރޭންޑަށް ދީފައިވާ ނަމަކީ، "ޓެންޕީ ސަން ސޯލްޓް" އެވެ. މި ފެކްޓަރީ އިއްޔެ ހުޅުވާފައިވާއިރު އެތަނުގެ ޢަމަލީ މަސައްކަތް ފެށީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ޖަޕާނުގައި ޓެސްޓްކޮށްގެންނެވެ. އެ ޓެސްޓުތަކުން ފެނުނީ އެހެން ގައުމުތަކުގެ ކަނޑުގެ ލޮނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނަކީ ކޮލިޓީ ރަނގަޅު އަދި ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރު ވެސް މަތި ލޮނެއްކަމަށް އެމްޑީޕް އިންވެސްޓްމަންޓުން ބުނެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ހަމައެއާއެކު، މި ފެކްޓަރީގައި ލޮނު އުފައްދަނީ އައްޔާއި ހޫނު ބޭނުންކޮށްގެންކަމަށާއި އެގޮތުން، ލޮނުގެ ތިން ބާވަތެއް އެތަނުން އުފައްދާއިރު، އޭގެތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި އިތުރު ޚާއްސަަ ބާވަތްތަކުގެ ލޮނުވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް