ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި ބާއްވާ "އީދު ބައިބަލާ ޗެލެންޖް 1446"ގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯފައިފިއެވެ.
29 ޓީމަކަުން ބައިވެރިވި މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ ހޯދީ ފައިނަލުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބް މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ގޭމުގައި ގުރުއަތު ނަގައިގެން ޓީއެފްޓީ ކުޅެނެޖަހުނީ އެތެރެއިންނެވެ. މި ގޭމުން ޓީއެފްޓި މޮޅުވީ 9-3ގެ ނަތީޖާ އަކުންނެވެ.
ޓީއެފްޓީ އަށް ޗެމިޕިއަންކަން ލިބުނީ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ދެވަނަ ގޭމު 7-7 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުންނެވެ.
މިއީ ޓީއެފްޓީ މި މުބާރާތް ކާމިޔާބުކުރި ފުރަތަނަ ފަހަރެވެ. މީގެ ކުރިން ޓީއެފްޓީ އިން ވަނީ މި މުބާރާތުގައި 3 ފަހަރު ބައިވެރިވެފައެވެ.
ކޮންމެ އަހަރަކުވެސް ބާއްވާ، ޒުވާނުންގެ މެދުގައި މަގުބޫލް މި މުބާރާތް މި އަަހަރު ނިމުނީ ހަމަޖަނުޖެހުމަކާއި ނުލައި ވަރަށް ސުލްހަވެރިކޮށް ކުޅިވަރުގެ ރުހާ އެއްގޮތަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް