އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި އެމެރިކާގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކާ އާ ދެކޮޅަށް އެމެރިކާގެ 50 ސްޓޭޓެއްގައި މުޒާހަރާތަކެއް ފަށައިފިއެވެ.
އެމެރިކާގެ ނިއުޔޯކް، ވޮޝިންޓަން، ފްލޮރިޑާ، ހިއުސްޓަން، ކޮލޮރާޑޯ އަދި ލޮސް އެންޖެލިސް ފަދަ ބޮޑެތި ސިޓީތައް ހިމެނޭހެން 1200 އަށް ވުރެ ގިނަ ސަރަހައްދުތަކުގައި ކުރާ މި މުޒާހަރާތަކުގައި 250،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި މުޒާހާރާތަކަކީ ރައީސްކަމުގެ ބާރު ނަހަމަގޮތުގައި ހިފައި އެމެރިކާ ފާއިތުވި އަހަރުތަކުގައި ހޯދި ކުރިއެރުމާއި ޑިމޮކްރަސީގެ އަސާސްތައް ޓްރަމްޕު ހާލާކުކޮށްލަމުން ދާތީ ކުރާ މުޒާހަރާތަކެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އަދި މަސްކުގެ ޑިޕާޓްމަންޓް އޮފް ގަވާމަންޓް އެފިޝަންސީ (ޑޯޖް) ގެ ފަރާތުން އިސްލާހީ ފިޔަވަޅުތަކުގެ ނަމުގައި ނިންމާ ނިންމުންތަކާ ދެކޮޅަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ. އަދި މި ނިންމުންތަކަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނިންމާ ނިންމުންތަކެއް ކަމަށް ވެސް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
ޑޯޖް އިން ވަނީ މިހާތަނަށް އެމެރިކާގެ 2 ލައްކައަށް ވުރެ ގިނަ ވަޒީފާ އުވާލައި ގިނަ ބައެއްގެ އިނާޔަތްތައް މަދުކޮށްފައެވެ.
އެމެރިކާގެ އިތުރުން ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގައި ވެސް ޓްރާޕާއި ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް