މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ މެންދުރުފަހުގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ޢިއްޒުއްދީން މަގު، ސަބްދެލި މަގު އަދި މަޖީދީ މަގު ހިމެނޭ ސަރަޙައްދުން މާދަމާ (7 އޭޕްރިލް 2025) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ޢިއްޒުއްދީން މަގު، ސަބްދެލި މަގު އަދި މަޖީދީ މަގު ހިމެނޭ ސަރަޙައްދުން މާދަމާ (7 އޭޕްރިލް 2025) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ… pic.twitter.com/lKpj8u1Hje
— STELCO (@STELCOMALDIVES) April 6, 2025
ކަރަންޓު ކަނޑަނީ އެ ކުންފުނިން ކުރިއަށް ގެންދާ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި ކަމަށާއި މިކަމުގެ ސަބަބުން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިންވަނީ މަޢާފަށް އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް